އަޅުގަނޑުމެން ދެމީހުން، ބުލޮގް ކުރަން މިފެށީ ވަރަށް މާތް މަޤުޞަދެއްގައިއެވެ. މި ބޮލޮގް ގައި ހިމަނަން އަޅުގަނޑުމެން ގަސްތު ކުރަނީ އަޅުގަނޑުމެންގެ ހިޔާލާއި ފިކުރެވެ. އަޅުގަނޑުމެން ދެ މީހުންނަކީ ދެޖިންސުގެ، އަދި ރާއްޖޭގެ ދެކޮޅަށް ނިސްބަތްވާ ދެމީހުން ކަމުގައިވާތީވެ، ޝައްކެއްނެތްގޮތުގައި މިބުލޮގުގައި ތި ކިޔުންތެރިންނަށް ނުހަނު ތަފާތު ހިޔާލާއި ފިކުރު ހިއްސާ ކުރެވިގެން ދާނެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގެ 27 ވަނަ މާއްދާ ގައި ވަނީ "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތަކަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." އަޅުގަނޑުމެންގެ ޚިޔާލުތައް، ޙިއްސާ ކުރަމުންދާނީ މި މާއްދާގެ ދަށުންނެވެ.
އަޅުގަނޑުމެން ދެމީހުންނަކީ، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވަމުންދާ ދެދަރިވަރުން ކަމުން، އިމްތިޙާންތައް ހުންނަގޮތެއްގެ މަތިން ބުލޮގް ޕޯސްޓްތައް މަދުވެ، ގިނަވުމަކީ އެކަށީގެންވާ ކަމެއްކަމުގައި ފާހަގަކޮށްލަމެވެ. އެހެންނަމަވެސް، ކިޔުންތެރިންގެ ޝައުޤު ނުގެއްލޭނޭހެން، އަޅުގަނޑުމެންނަށްވީ އެންމެ ރަގަޅަކަށް ބޮލޮގް ކުރިއަށްގެންދާނެ ވާހަކަވެސް ދަންނަވާލަމެވެ.
Labels: faculty of shariah and law, mche
